ގަމު ކައުންސިލާއި މުއައްސަސާތަކުގެ ކަންބޯޑުވުން ރައީސް އާ ހިއްސާކޮށްފި

ލ. ގަމު ކައުންސިލާއި މުއައްސަސާތަކުގެ ކަންބޯޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައ...

19 Dec 2019 | 11:01

ލ. ގަމު ކައުންސިލާއި މުއައްސަސާތަކުގެ ކަންބޯޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގަމު ކައުންސިލުގެ މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތާގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުންވެސް މަޢުލޫމާތު ޙިއްޞާކުރައްވާފައިވާ އިރު، ގަމުގެ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ވަނީ ޙިއްޞާކުރައްވާފައެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ގަމުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އަޅާ ހައުސިންގ ޔުނިޓުތަކާއި ފްލެޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގަމުގެ މަގުތައް ބެލެހެއްޓުމުމުގައި ހުރި ގޮންޖެހުންތައް ވަނީ ރައީސް އާ ހިއްސާކޮށްފައެވެ.

މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމާބެހޭގޮތުންނާއި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތާއި އެމްއެންޔޫގެ ކެމްޕަހެއް ޤާއިމުކުރުމަށް ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރާއި ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިން އަދި ކަމާގުޅޭ މިނިސްޓްރީތަކުން ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ވިސްނުންތެރިކަމާއެކު ޙައްލުކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް