އިއްޔެ މަޑުއްވަރީން ހައްޔަރު ކުރި 3 މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފި

ރ. މަޑުއްވަރީން އިއްޔެ ހައްޔަރުކުރި 3 މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި މި ތިން މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދިނީ އެމީހުންގެ ބަންދާއިމެދު ގ...

19 Dec 2019 | 10:29

ރ. މަޑުއްވަރީން އިއްޔެ ހައްޔަރުކުރި 3 މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި މި ތިން މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދިނީ އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަނަކީ އެރަށުގައި ތިބި ދީނީގޮތުން ހައްދުފަހަނާޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ މީހުން ހޯދުމަށް ހިންގާ އޮޕަޜޭޝަނެކެވެ. އަދި އެ މީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ހިންގާ ޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 30 އަހަރާއި 34 އަހަރު އަދި 29 އަހަރުގެ ތިން ފިރިހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް