ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ޖަލަށް ގެންދިޔަ ގައިދީއެއްގެ ފުރަގަސްފަރާތުގައި ރައްކާކޮށްގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަށިގަނޑު ތެރޭ ރައްކާ ކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ގައިދީއަކު އަތުލައިގެންފައިވާ ކަމަށެވެ. އަދި އޭނާގެ ގައިން މަސްތުވާތަކެތި ފެނުނީ، މިދިޔަ އާދިއްތަ ދުވަހު ޝަރީއަތުގެ އަޑުއެހުމަށްކަށް ކޯޓަށް ގެންދިޔުމަށް ފަހު އޭނާ އަނބުރާ ޖަލަށް ވެއްދުމުގެ ކުރިން އޮފިސަރުން އެ ގައިދީ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މަސްތުވާތެކެތި ޖަލަަށް އެތެރެ ކުރަން އޭނާ މަސައްކަތް ކުރީ ފުރަގަަސްފަރާތަށްލައި ފޮރުވައިގެން ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް