ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ސަރުކާރުގެ ރަސްމިއްޔާތެއް ހުށަހަޅައިދިން މައްސަލަ، މަޖިލިސް ހުޅުވުމާއެކު މަރީގެ މައްސަލަ ކޮމިޓީން ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ރޮޒައިނާ މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަސްނުޖެހި ކުރާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި "ބުރަބި" ރަސްމިއްޔާތު ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ހުށަހަޅައިދިނުމުން ގިނަ ބައެއްގެ ތައުރީފު އޮހުނު އިރު، ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
ފާޑުކިޔުން އަމާޒުވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު ޒައިނާ ސަރުކާރުގެ ޖަލްސާއެއް އިންތިޒާމު ކުރުމުގައި ބައިވެރިވުމުމުގެ ސަބަބުން އެ ކޮމިޝަންގެ މެމްބަރުކަމުން އޭނާ ވަކިކޮށްފައިވަނިކޮށެވެ.
މިހާރު ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ ގިނަ ގޮނޑިތައް ހޯދާފައިވާ އެމްޑީޕީގެ ބޭފުޅުން ޒައިނާގެ މައްސަލަ ފެންމަތިކޮށް ބޮޑު މައްސަލައަކަށް ހަދާފައިވާ އިރު، މަރީގެ މައްސަލައިގާ ހަނުތިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މިނިވަންކަމާމެދު އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް