ފިލްމީ ތަރި މަލްއާއި 11 ފިރިހެނަކު ރާބޯން ތިއްބާ ހައްޔަރުކޮށްފި

ފިލްމީ ތަރި މަލީހާ ވަހީދު (މަލް) 11 ފިރިހެނުންނާއެކު ހުޅުމާލޭގެ ތަނެއްގައި ރާ ބޯން ތިއްބާ ހައްޔަރުކޮށްފިއެވެ. މިފަދަ ކަމެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ދުވަހަށް ކަށަވަރުކޮށްދީފައެވެ. އަދި މަލް ...

19 Nov 2019 | 16:47

ފިލްމީ ތަރި މަލީހާ ވަހީދު (މަލް) 11 ފިރިހެނުންނާއެކު ހުޅުމާލޭގެ ތަނެއްގައި ރާ ބޯން ތިއްބާ ހައްޔަރުކޮށްފިއެވެ.

މިފަދަ ކަމެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ދުވަހަށް ކަށަވަރުކޮށްދީފައެވެ. އަދި މަލް މިރޭ ހައްޔަރުކޮށްފައިވާކަން ދުވަހަށް ވަނީ ކަށަވަރު ވެފައެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ގެސްޓްހައުސްއެއްގައި ބަނގުރާ ބޭނުންކޮށް ޕާޓީ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމތަކާއި ގުޅިގެން ހުޅުމާލެ ޕޮލިސް އާއި އެސްއޯ ގުޅިގެން މިރޭ 08:04 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

"މިމީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަންހެނެއް" ފުލުހުން ބުނެފައިވެއެވެ.

ޕާޓީ ކުރަން ތިބި މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ހުުންނަ ހޮޓެލް78 އިން ކަމުގައިވެސް ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް