ބިޝާމް ވަކި ކުރުމުގެ މަސައްކަތް އަނެއްކާވެސް ކޮމިޓީން ފަށައިފި

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. މިއީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް އެ ކޮމިޓީން ފެށ...

19 Nov 2019 | 11:15

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް އެ ކޮމިޓީން ފެށި ދެވަނަ ފަހަރެވެ. ކުރިންވެސް މި މަސައްކަތް ފެށުމަށްފަހު އެކަން އެ ކޮމިޓީން ހުއްޓާލިއެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މުގައްރަރުކަން ކުރެއްވި މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ހުސެއިން ޒަރީރެވެ. ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަގުލައްބިއްޔަތުންނެވެ.

ބިޝާމް ޕީޖީގެ މަގާމާ ހަވާލުވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ. ރައީސް ޔާމީންގެ ސަރުކާރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް