ހެންވޭރުން މިއަދު ކަރަންޓު ކެނޑީދާނެ: ސްޓެލްކޯ

މާލޭ ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު މާލޭ ހެންވާރުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިދާނެ ކަމުގައެވެ. އެކު...

19 Nov 2019 | 07:29

މާލޭ ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު މާލޭ ހެންވާރުގެ ބައެއް ގެތަކުން ކަރަންޓު ކެނޑިދާނެ ކަމުގައެވެ. އެކުންފުނިން ބުނީ ކަރަންޓު ކެނޑޭނީ މިއަދު މެންދުރު 1:30 އިން 2:30 އަށް ކަމަށެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި، އެވަގުތުގައި އެކުންފުނިން ނެޓްވޯކް މަސައްކަތެއް ކުރަމުން ދާނެ ކަމަށާއި، މަސައްކަތުގެ ތެރެއިން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ކަރަންޓު ހިނގައްޖެނަމަ ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް އުކުންފުނިން ވަނީ ބުނެފައެވެ.

https://twitter.com/STELCOMALDIVES/status/1196667903556218880

މެއިންޓެނެންސް މަސައްކަތްތައް ކުރަމުން ދާއިރު އަބަދުވެސް ކަރަންޓު ކެނޑެއެވެ. މަސައްކަތް ފެށުމުގެ ކުރިން ރައްޔިތުންނަށް އެކަން އަންގާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް