އެމްޑަބްލިއުއެސްސީން ފިރިހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ބައިނަލްއަޣްވާނީ ފިރިހެނުންގެ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށްފި އެވެ. ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ...

19 Nov 2019 | 06:29

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ބައިނަލްއަޣްވާނީ ފިރިހެނުންގެ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކޮށްފި އެވެ.

ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ ފިރިހެން މުވައްޒަފުން ވަނީ ކޭކެއް ފަޅާފައެވެ. މި ހާއްސަ ކޭކް ފަޅައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް ވަނީ ހެނދުނުގެ ހާއްސަ ނާސްތާއެއް ވެސް ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ، ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، އެމީހުން އާއިލާތަކާއި، މުޖުތަމައު އަދި މިދުނިޔެއަށް ގެނެސްދޭ ކުރިއެރުންތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އާޒިމްގެ ވާހަކަފުޅުގައި އެކުންފުނީގެ އެކިފަންތީގެ ފިރިހެން މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި އެބޭފުޅުނަށް ޝުކުރު ދެންނެވިއެވެ.

ފިރިހެނުންގެ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ އިތުރުން މެޑިކަލް ޗެކަޕް ހެދުމުގެ ޕްރޮގްރާމެއް އޭޑީކޭ ހޮސްޕިޓަލާާއި  ގުޅިގެން އެމްޑަބްލިއުއެސްސީން މިއަދު ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް