ބޮލީވުޑްގެ ކިންގް ޚާން، ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުގޮސްފި އެވެ.
ސުހާނާގެ ފުރަތަމަ ފިލްމަކީ ކުރު ފިލްމެއް ނަމަވެސް އޭގައި އޭނާ ދައްކުވައިދިން މޮޅު އެކްޓިންގއަށް ގިނަބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
އުމުރުން އެންމެ 19 އަހަރުގައި ސުހާނާ ކުޅެފައި މިވަނީ 10 މިނެޓުގެ "ދި ގްރޭ ޕާޓް އޮފް ބްލޫ" ނަމަކަށް ކިއުނު ކުރު ފިލްމެކެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިނީ ސުހާނާ އާއި އެއްކުލާހެއްގައި ލަންޑަންގެ އަރޑިންގްލީ ކޮލެޖްގައި ކިޔެވި އެކުވެރިއެއް ކަމަށްވާ ތިއެޑުރޯ ގިމެނޯއެވެ.
މި ފިލްމު ޔޫޓިއުބުގައި އާންމުކޮށްފައިވާއިރު، މިފިލްމުން ދައްކުވައިދެނީ ޒުވާން ދެލޯބިވެރިން ކުރާ ދަތުރެއްގެ މަތީގައި ދިމާވާ ހާދިސާތަކެކެވެ. އެމީހުންނަށް ދިމާވާ ކަންތައްތަކާއި ކުރިމަތިލާ ގޮތް މިފިލްމުން ދައްކުވައިދޭއިރު، ސުހާނާ ވަނީ އޭނާގެ އެކްޓްކުރުމުގެ ހުނަރު މިފިލްމުގައި ދައްކުވައިދީފައެވެ.
ސުހާނާގެ ކުރު ފިލްމް މިހާރު ބެލުންތެރިންނާއި ހިސާބަށް ފޯރާފައިވާއިރު، ގިނަ މީހުން މިހާރު ދައްކަނީ އޭނާ ބޮލީވުޑަށް ތައާރަފްކުރާނެ ދުވަހަކަށެވެ. ސުހާނާ މީގެ ކުރިން ބުނީ އޭނާ އެކްޓް ކުރަން ބޭނުންވާ ކަމަށާއި، އިންތިޒާރު ކުރަމުން މިދަނީ އެދުވަސް އަންނާނެ ދުވަހަކަށް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް