ތ. ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޑިޒައިން އެންޑް ބިޑް އުސޫލުން ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދިނުމަށް ބަޔަކު ބޭނުންވާ ކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތަށް ރާއްޖެއިންނާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ފިނޭންސުން ވަނީ ހުޅުވާލާފައެވެ.
ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނީ، ބިޑް ސެކިއުރިޓީގެ ގޮތުގައި 350،000 ރުފިޔާ ނުވަތަ އެއާ އެއް އަދަދުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށާއި، ބިޑް ސެކިއުރިޓީގެ ބިޑު ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހަށް ބަހައްޓަންޖެހޭނެ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށްޓަކައި 100 ޑޮލަރުގެ ނޮން ރިފަންޑަބްލް ފީއެއް ނަގާނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ދައުލަތުން އަންނަ އަހަރުގެ ބަޖެޓުގައި ތިމަރަފުށީގެ 100 ހައުސިންގ ޔުނިޓް އެޅުމަށް 30 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް