އިންޑޮނޭޝިޔާގެ ޖަކާޓާ އަށް ނިސްބަތްވާ ޓެކްސީ އަންހެން ޑްރައިވަރަކު އޭނާގެ ކާރުގެ ޑްރައިވަރ ޝީޓް ހިމެނޭ ސަރަހައްދުގައި ދަގަނޑު ދާ ހަރުކޮށްފިއެވެ.
މިކަން ކޮށްފައިވަނީ އުމުރުން 42 އަހަރުގެ ވެލެރީ ނަމަކަށް ކިޔާ އަންހެން ޑްރައިވަރެކެވެ.
އޭނާ ބުނެފައިވަނީ އެޕްލިކޭޝަންތައް މެދުވެރިކޮށް ޓެކްސީ ކުރުން އާންމުވެފައިވާއިރު ފޭރޭ މީހުންގެ އުނދަގޫ މިހާރު ބޮޑުވެފައިވާކަމަށެވެ. ދަގަނޑު ދާ ހަރުކުރީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.
އެކަން ކުރުމަށް އޭނާ ހަތް ލައްކަ އިންޑޮނޭސިއަން ރުޕީސް (49 ޑޮލަރު) ހަރަދު ކުރިއެވެ. ދަނގަޑު އެ ދާ ހަރުކޮށްފައިވަނީ ބޭނުންވެއްޖެ ނަމަ ނައްޓާލެވޭފަދަ ގޮތަކަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ފޭރޭ މީހުންގެ އުނދަގޫ ޖަކާޓާގައި ބޮޑުވެފައިވާއިރު ވެލެރީގެ މި ތަނަވަސް ހިޔާލަކީ ޓެކްސީ ކުރާ ފަރާތްތަކަށް، ފޭރޭ މީހުންގެ ކިބައިން ސަލާމަތްވެވިދާނެ ގޮތެއް ކަމަށްބުނެ ވެލެރީއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް