"ހިބަރު ވަދު" މި ނަމުގައި އިދިކޮޅުން ޖަލްސާއެއް ބާއްވަނީ

"ހިބަރު ވަދު" މި ނަމުގައި އިދިކޮޅު ކޯލީޝަނުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިކަން އިއުލާނުކޮށްފައިވަނީ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހ...

19 Nov 2019 | 02:46

"ހިބަރު ވަދު" މި ނަމުގައި އިދިކޮޅު ކޯލީޝަނުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އަދުރޭ މިކަން އިއުލާނުކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހިބަރު ވަދު" މި ނަމުގައި ޕްރޮގްރެސިވް ކޯލީޝަނުން ބާއްވާ ވަރަށް ފޯރިގަދަ ޖަލްސާއެއް 22 ނޮވެމްބަރު 2019 ވާ ހުކުރު ދުވަހުގެ ރޭ 08:30ގައި ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

"ގައުމު ދެކެ ލޯބިވާ ހުރިހާ ބޭފުޅުންނަށް މި ޖަލްސާއަށް ދައުވަތު އަރުވަން" ހިބަރުވަދު ހޭޝްޓެގާއެއްކު އަދުރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/Banafsaa/status/1196509050042605569

މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވާނެކަން ނުވަތަ ނޫންކަން އަދުރޭ ހާމަކޮށްފައެއް ނުވެއެވެ.

"ހިބަރު ވަދު" މި ނަމުގައި ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު މިދިޔަ ހުކުރުދުވަހުގެ ރޭ "ފުނޑާލައިފި" ނަމުގައި ޖަލްސާއެއް ބާއްވާފައިވެއެވެ. މިދިޔަ މަހު "އަންނަނީ އަންނަނީ" ނަމުގައި ޖަލްސާއެއް ބާއްވާފައިވާއިރު "ނުވިއެއްނު" މި ނަމުގައްޔާއި "ދަވާލައިފި" މި ނަމުގައި ޖަލްސާތަކެއް ބާއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް