އިޒްރޭލުހުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށްކަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.
އީޔޫއިން ބުނެފައިވަނީ އިޒްރޭލުން ކަން ކުރަމުން އަންނަގޮތުން ސުލްހައަށް ހުރަސްއެޅޭ ކަމަށެވެ. ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވުން ހުއްޓާލުމަށް އީޔޫއިން އިޒްރޭލަށް ގޮވާލާފައިވެއެވެ. މިކަމަށް ގޮވާލީ އަދި މިހެން ބުނެފައިވަނީ އީޔޫގެ ފޮރިން ޕޮލިސީ ޗީފް ފެޑެރިކާ މޮގަރީނީ ނެރެފައިވާ ބަޔާނެއްގައެވެ.
އީޔޫގެ ފޮރިން ޕޮލިސީ ޗީފްގެ މި ސްޓޭޓްމަންޓް ނެރެފައިމިވަނީ ފަލަސްތީނުގެ ހުޅަނގު ބިތުގައި އިޒްރޭލުން ވަޒަންވެރިވުމަށް އިތުރު ގެތައް އެޅުމަށް ފަށާ އާ ޕްރޮޖެކްޓަށް އެމެރިކާއިން ވާގިވެރިވާކަން އެމެރިކާއިން ހާމަކޮށްފައިވަނިކޮށެވެ.އެމެރިކާއިންބުނެފައިވަނީއިޒްރޭލުންއަމަލުކުރަމުންއަންނަނީބައިނަލްއަގްވާމީގާނޫނުތަކާހިލާފުނުވާގޮތަށްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް