ސްކައުޓް އެސޯސިއޭޝަންގެ އައު އެގްޒެކެޓިވް ކޮމެޓީ އިފްތިތާޙު ކޮށްފި

ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީއަށް އައު މެންބަރުން ޢައްޔަން ކުރައްވައިފި އެވެ. އެކަމަށްޓަކައި 18 އޮކްޓޯބަރ 2021 ވީ ހޯމަދުވަހުގެރޭ ސްކައުޓް އެސޯސިއޭޝަންގެ ނޭޝަނަލް ހެޑްކ...

19 Oct 2021 | 18:03

ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީއަށް އައު މެންބަރުން ޢައްޔަން ކުރައްވައިފި އެވެ.

އެކަމަށްޓަކައި 18 އޮކްޓޯބަރ 2021 ވީ ހޯމަދުވަހުގެރޭ ސްކައުޓް އެސޯސިއޭޝަންގެ ނޭޝަނަލް ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީއަށް 7 މެންބަރަކު ޢައްޔަން ކުރައްވައި މަޤާމުގެ ލިޔުން ޙަވާލުކުރެއްވި އެވެ.

އެގްޒެކެޓިވް ކޮމިޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ އެ އެސޯސިއޭޝަންގެ ނާއިބު ރައީސް އައިޝަތު ޝެހެޒިނީ އެވެ.

އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ މަޤާމުތަކަށް ޢައްޔަން ކުރެއްވި ބޭފުޅުންނަކީ ޑެޕިޔުޓީ ޗީފް ކޮމިޝަނަރގެ މަޤާމަށް އިސްމާޢީލް ރިފާޢު އެވެ.

އިންޓަރނޭޝަނަލް ކޮމިޝަނަރގެ މަޤާމަށް މުޙައްމަދު ފައުޒާން ހޮވުނު އިރު، ނޭޝަނަލް ކޮމިޝަނަރ ފޮރ އެޑްމިނިސްޓްރޭޝަންގެ މަޤާމަށް އިސްމާޢީލް ޢަލީ އެވެ. އަދި ނޭޝަނަލް ކޮމިޝަނަރ ފޮރ ޔޫތު ޕްރޮގްރާމްގެ މަޤާމަށް މަރިޔަމް ލައިޒާ ހޮވުނި އިރު، ނޭޝަނަލް ކޮމިޝަނަރ ފޮރ އެޑަލްޓް ސަޕޯޓްގެ މަޤާމަށް މުޙައްމަދު އަޒާން ޢަބްދުﷲ އެވެ.

ނޭޝަނަލް ކޮމިޝަނަރ ފޮރ އައި.ސީ.ޓީގެ މަޤާމަށް މުޙައްމަދު ނާޒިމް، ނޭޝަނަލް ކޮމިޝަނަރ ފޮރ އޮޕަރޭޝަންސްގެ މަޤާމަށް އަޙްމަދު ސަމާން ޢަބްދުﷲ އަދި ނޭޝަނަލް ކޮމިޝަނަރ ފޮރ ޕަބްލިކް ރިލޭޝަންސްގެ މަޤާމަށް ހޮވުނީ މުޙައްމަދު ޝަމްޢޫން އެވެ.

މީގެއިތުރުން ސްކައުޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ޗީފް ކޮމިޝަނަރ އަޙްމަދު ޙަނީފާއި، ނޭޝަނަލް ޔޫތު ކައުންސިލްގެ ވައިސް ޗެއަރގެ ޙައިޞިއްޔަތުން އަޙްމަދު އަނޫފެވެ.

ސްކައުޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް މަޤާމުތަކަށް ކޮމިޝަނަރުން ޢައްޔަން ކުރެއްވި ރަސްމިއްޔާތުގައި އެ އެސޯސިއޭޝަންގެ މުޙައްމަދު ނަޒީފާއި، ނާއިބު ރައީސް އައިޝަތު ޝެހެޒިނީގެ އިތުރުން ކައުންސިލްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސްކައުޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ 3 އަހަރު ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް