ފާއިތުވި 24 ގަޑިއިރު ތެރޭ 113 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް މާލެއިން 36 މީހުން އަތޮޅުތަކުން 69 މީހުން އަދި ރިސޯޓުތަކުން ހަ މީހުންނާއި ސަފާރީތަކުން ދެ މީހެއް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މިއާއެކު ރާއްޖޭގައި 86،324 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ހޮސްޕިޓަލުތަކުގައި 17 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަކަމަށް ވެސް އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކަ އެެވެ. އަދި މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،242 މީހުންނަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 239 މީހަކު ވަނީ ނިޔާވެފަ އެެވެ. އެއީ 222 ދިވެހީންނާއި 17 ބިދޭސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް