ލ. ގަން ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ

ލ. ގަން ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ އެެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލިންކްރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ހިނގި މ...

19 Oct 2021 | 16:39

ލ. ގަން ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގާ މީހަކަށް އަނިޔާ ވެއްޖެ އެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލިންކްރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ މޫނު ވަނީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އަދި އަނގައިންނާއި ނޭފަތުން ލޭ އަންނަމުންދާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ މީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، އެކަމުގެ އިތުރު މައުލޫމާތެއް އަދިނުލިބެ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް