ސަލާމަތީކަންކަން ފުރިހަމަނުކުރާ ނަމަ، ސީވަރދިނަސް ބާތިލުކުރަން ނިންމައިފި

ސަލާމަތީކަންކަން ފުރިހަމަނުކުރާ ނަމަ، ސީވަރދިނަސް ބާތިލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން މިއަދުކުރި ކުރި އިޢުލާނެއްގައި ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތު...

19 Oct 2021 | 16:27

ސަލާމަތީކަންކަން ފުރިހަމަނުކުރާ ނަމަ، ސީވަރދިނަސް ބާތިލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދުކުރި ކުރި އިޢުލާނެއްގައި ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގައި ބުނާ ގިނަ ކަންތައްތަކެއް އަންނަ އަހަރުގެ ޖަނަވަރީ 16 ގެ ކުރިން ފުރިހަމަކުރުމަށް އަންގާފަ އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަކީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަންޖެހޭ ގަވާއިދެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކަނޑު ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގައި ބުނާ 11 ކަމެއް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން ފުރިހަމަކުރުމަށް އަންގާފަ އެވެ.

އެކަންތައްތައް ފުރިހަމަ ކޮށްފައިނުވާނަމަ އުޅަނދަށް ދޫކޮށްފައިވާ ސީވަރދިނަސް ސެޓްފިކެޓް ބާތިލު ކުރާނެކަމަށް ވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ފުރިހަމަކުރަން އެންގި ކަންތައްތަކުގެ ތެރޭގައި އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް ހެއްދުން، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް” ހެއްދުން، ސުވޭޖް ސެޓްފިކެޓް ހެއްދުން، އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން ނެގުން ހިމެނެ އެވެ.

މީގެ އިތުރުން ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮތުމާއި ބޮޔަންޓް އެޕަރޭޓަސް ހުރުމާއި ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުމާއި އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން ވެސް ހިމެނެ އެެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުމަށާއި މުއާސަލާތީ އާލާތްތައް ހުރުމަށާއި ގަވާއިދުގެ ބުނާ މިންގަނޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓާއި ލައިފް ބޮއި ބެހެއްޓުމަށް ވެސް އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް