ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރގެ މަގާމަށް ރިޒްނާ ޒަރީރު ހަމަޖައްސައިފި

ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރގެ މަގާމަށް ރިޒްނާ ޒަރީރު ހަމަޖައްސައިފި އެވެ. ޖެންޑަރ މިނިސްޓްރީގެ ސިޔާސީ މަޤާމަކަށް ރިޒުނާ ހަމަޖައްސާފައިވާ އިރު، އޭނާ ވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބ...

19 Oct 2021 | 14:21

ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރގެ މަގާމަށް ރިޒްނާ ޒަރީރު ހަމަޖައްސައިފި އެވެ.

ޖެންޑަރ މިނިސްޓްރީގެ ސިޔާސީ މަޤާމަކަށް ރިޒުނާ ހަމަޖައްސާފައިވާ އިރު، އޭނާ ވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލް އިންތިޚާބުގައި، ހުޅުމާލެ ދާއިރާއަށް ވާދަކޮށްފަ އެވެ.

އެމްޑީޕީ ޓިކެޓްގައި ވާދަކޮށް ރިޒުނާ ބަލިވީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުން އިބްރާހިމް ޝުޖާއާއި ވާދަކޮށްގެން ނެވެ.

ރިޒްނާއަކީ 2006 ވަނައަހަރު އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. ގާތްގަނޑަކަށް 14 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ރިޒްނާ މިފަހަަކށް އައިސް ގިނައިން ފެންނަނީ ސިޔާސީ ޕޯޑިއަމްތަކުން ނެވެ.

ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކޮށްފައިވާ ރިޒްނާ ޖެންޑަރ މިނިސްޓްރީގެ ކޮމިއިނޮކޭޝަން ޑިރެކްޓަރ ގެ މަގާމަށް ހަމަޖައްސާފައިވާ އިރު، އެ ޗެނަލްގައި މަސައްކަތްކުރި ގިނަ މުވައްޒަފުންތަކަށް ވަނީ މި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މަގާމުތައް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް