މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު މިހާރުހުރީ އާންމުކޮށް ދުވާލަކު 25 އިން ދަށުގަ: ޑރ. އަފްޒަލް

މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު މިހާރުހުރީ އާންމުކޮށް ދުވާލަކު 25 އިން ދަށުގައި ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. ޑރ. އަފްޒަލް މިހެން ވިދާޅުވީ އެޗްޕީ...

19 Oct 2021 | 13:42

މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު މިހާރުހުރީ އާންމުކޮށް ދުވާލަކު 25 އިން ދަށުގައި ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވީ އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި ޚާއްސަކޮށް މާލޭގައި ކޮވިޑު ކޭސްތައް ފެންނަ މިންވަރު ދަށްވެފައިވާ އިރު، އެވްރެޖު ގޮތެއްގައި މާލެ ސަރަހައްދުން މިހާރު ޕޮޒިޓިވް ރޭޓް އުޅެނީ ދުވާލަކު 25 އިން ދަށުގައި ކަމަށެވެ.

"މިހާރު މިދާ ރޭޓަށް ބަލާ އިރު، ކޮވިޑު ކޭސްތައް ދެން އިތުރުވެދާނެކަމަކަށް ނުބެލެވޭ. ކޭސްތައް އިތުރުވާނެ ކަމަށް ލަފާކުރަނީ އަބަދުވެސް ދުވާލަކު ޕޮޒިޓިވް ވާ އަދަދަށް ބަލާފަ." ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށުގައި ހުރިނަމަވެސް ދީފައިވާ ލުއިތަކުގެ އިތުރުން އެހެން ލުއިތަކެއް ދެވެން އަދި ނެތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް