އެންޓި-ޓޯޗަރ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރިއަށް ގެންގޮސްފި އެެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތް ކުރައްވާ މިޑްލް މެނޭޖަރސްއަށް އަމާޒުކޮށް އެންޓި-ޓޯޗަރ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ކ. މާފުށީގައި ކުރިއަށް ގެންދިޔަ މި ސެޝަނުގެ މަޤްޞަދަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ އިންސާނީ ޙައްޤުތަކާމެދު ހޭލުންތެރި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަކަށްވުމަށް ބާރުއެޅުމެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2013/13( އެންޓި ޓޯޗަރ ޤާނޫނު 2013 )އާއ ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން އިދާރާތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅުމަކީ ވެސް މި ސެޝަން ކުރިއަށް ގެންދިޔަ މަގުސަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް