ކަންކަން ރަނގަޅު ކުރަން އުޅޭއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ތަބީއީ ކަމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ. އިމްރާން ވިދާޅުވީ، ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ ވަރަށް ތަބީއީ ކަމެއްކަމަށެވެ. އަދި ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިމިވަނީ ދިވެހި ފުލުހުންގެ ހިދުމަތް ހޯމް މިނިސްޓްރީގެ ދަށުން ވަކިކުރި ދަނޑިވަޅެއްގަ އެވެ.
ފުލުހުންގެ އާ ޤާނޫނުގައި މިހާރު ބުނެފައިވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސްފަރާތަކީ ވަޒީރު ކަމަށާއި ފުލުހުންގެ ޚިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީވާނީ ވަޒީރު ކަމަށެވެ.
އެހެންނަމަވެސް އެއީ ސީދާ ހޯމް މިނިސްޓަރު ކަމަށް ޤާނޫނުގައި ބުނެފައެއް ނުވެއެވެ.
އެކަމަކު މިއަދު ރައީސް އޮފީހުން ވަނީ ފުލުހުންގެ ކަންކަން ދެން ވެސް ބަލައްޓަވާނީ ހޯމް މިނިސްޓަރު ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް