ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސްކޫލް އަޅަން އަނެއްކާ ވެސް ބީލަމަށް

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 2 ސްކޫލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފިއެވެ. ކޮންޓްރެކްޓާ ފައިނޭންސް އު...

19 Oct 2021 | 08:04

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 2 ސްކޫލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމަށް ފުރަތަމަ ހުޅުވައިލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ނަމަވެސް ކޮންޓްރެކްޓަރުންގެ ޝައުގުވެރިކަން ކުޑަވުމުން އަލުން ބީލަމަށް ހުޅުވައިލީ އެވެ. އެ ޕްރޮޖެކްޓަށް ކުރިމަތިލާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހެނީ 850،000ރ. އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނެއްގައި ބުނީ މި ޕްރޮޖެކްޓަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ތެރެއިން ކަމަށެވެ.

އެ މިނިސްޓްރީން ކުރި އިޢުލާންގައި ބުނީ އެ ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ރަޖިސްޓަރީ ވެފައިވާ ނަމަ އެވެ. އެކަމަކު ރާއްޖެ އިން ބޭރު ކުންފުނިތަކުން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައި ރަޖިސްޓަރީ ނުވި ނަމަވެސް އެ ކުންފުނިތަކުން އެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔުންތައް ބީލަމާ އެކު ހުށަހަޅަން ޖެހެ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 100ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ.

އިއުލާނުގައިވާ ގޮތުގައި ބީލަން ހުޅުވުން އަޮންނާނީ އަނންނަ މަހުގެ 17 އިގައި ފިނޭންސް މިނިސްޓްރީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް