ކެރެލާގައި ފެންބޮޑުވެފަ އޮތުމުން ކައިވެނި ކުރާ ތަނަށް ދެމީހުން ގެންދިޔައީ ބޮޑު ލޯ ތައްޓަކަށް ލައިގެން!

އިންޑިއާގެ އެންމެ ދެކުނުގެ ސްޓޭޓް ކަމަށް ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މަގުތަކުގައި ފެންބޮޑުވެ ގިނަ ސަރަހައްދުތަކުގައި އާންމުންގެ އުނަގަނޑާ ހިސާބަށް ފެން އެބަހުއްޓެވެ. ދަތުރު ފަތުރު ކުރުމާ...

19 Oct 2021 | 08:00

އިންޑިއާގެ އެންމެ ދެކުނުގެ ސްޓޭޓް ކަމަށް ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މަގުތަކުގައި ފެންބޮޑުވެ ގިނަ ސަރަހައްދުތަކުގައި އާންމުންގެ އުނަގަނޑާ ހިސާބަށް ފެން އެބަހުއްޓެވެ.

ދަތުރު ފަތުރު ކުރުމާއި ދިރިއުޅުމުގެ ހުރިހާ ކަމެއް އެ ސްޓޭޓްގެ ގިނަ ޑިސްޓްރިކްޓުތަކުގައި ހުއްޓިފައިވާއިރު ކައިވެންޏެއް ފަސް ކުރެވެން ނެތިގެން ތަފާތު ގޮތަކަށް އެކަން ކޮށްފި އެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ ކައިވެނި ކުރާ އަންހެން މީހާ އާއި ފިރިހެން މީހާ ބޮޑެތި ހަފްލާތަކަށް ކައްކާ ލޯތައްޓެއްގެ ތެރޭގައި ކައިވެނީގެ ހެދުން އަޅައިގެން ތިބި ތަނެވެ.

އެ ދެމީހުން އެ އަށް ލައިގެން އެހެން ދެ ފިރިހެނަކު އެ ލޯތަށީ މަގުމަތީގައި އޮތް ބޮޑު ފެންގަނޑު ތެރެއިން ގެންދެ އެވެ. ކައިވެނީގެ ފޮޓޯ ގްރާފަރުވެސް ފެންގަނޑުތެރޭގައި ފޮޓޯ ނަގަމުން ދެއެވެ، އޭރުވެސް އެމީހުންގެ އުނަގަނޑާއި ހިސާބަށް ފެން ބޮޑުވެފައި އޮތެވެ.

އެ ދެމީހުންގެ ގެއިން ކައިވެނި ކުރާ ހިންދޫ ފައްޅިއަކަށް ގެންދިޔައީ އެ ލޯތަށީގައި އެވެ. ކުރިން ބޮޑުކޮށް ބާއްވަން ހަމަޖެއްސި ކައިވެނި ކުރަން ހަމަޖެއްސި ހަފްލާ ކުޑަކޮށްލުމަށް ފަހު ބޭއްވީ ވަރަށްކުޑަ ރަސްމިއްޔާތެކެވެ.

https://twitter.com/AFP/status/1450195479170412545

ކައިވެންޏަށް ފަހު ފިރިހެން މީހާ މީޑިއާގައި ބުނީ ކައިވެނި ކުރަން ޖެހުނީ ދުވަހަކުވެސް ހިތައް އަރުވާފައި އޮތް ގޮތަށް ނޫން ކަމަށެވެ.

އެ ދެމީހުންނަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ދެމަފިރިންނެވެ. މި ކަން ހިނގާފައިވަނީ ކެރެލާގެ އަވަށެއް ކަމަށްވާ ތަލަވަޑީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް