215 ކިލޯގެ ހެރޮއިން ގެ މައްސަލައިގާ ހައްޔަރުކުރި 2 މީހުންގެ ވަނަވަރު ހާމަކޮށްފި - ބަންދަށް 15 ދުވަސް

215 ކިލޯގެ ހެރޮއިން ގެ މައްސަލައިގާ ހައްޔަރުކުރި 2 މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ. މިދިޔަ ހުކުރު ދުވަހު ފުލުހުން އަތުލައިގަތް 215 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަލީ ޝާކިރު (42އ...

19 Oct 2021 | 06:59

215 ކިލޯގެ ހެރޮއިން ގެ މައްސަލައިގާ ހައްޔަރުކުރި 2 މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން އަތުލައިގަތް 215 ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަލީ ޝާކިރު (42އ)، ރ މަޑުއްވަރީ ފިނިފަރު އަދި ރ. ނިމާލް ޢަބްދުލްޙާރިޘް (33އ) މަޑުއްވަރި، ފެހިއަލި، އެެވެ.

އެ ދެ މީހުންގެ ބަންދަށް މިހާރުވަނީ 15 ދުވަސް ކޯޓުން ޖަހާފަ އެވެ.

މިއީ ރ. އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަންގައި އަތުލައިގެން ހެރިއިން އެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

މި އޮޕަރޭޝަން ގައި މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ. މިފަހުން އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް