ޗެމްޕިއަންސް ލީގު: އަނިޔާގެ ސަބަބުން މިރޭ ލީޕްޒިގް އާއި ދެކޮޅަށް ނޭމާއަށް ނުކުޅެވޭނެ

ނޭމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގް އާއި ދެކޮޅަށް ޕީއެސްޖީ މިރޭ ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް އޭނާގެ ކުލަބު ޕީއެސްޖީން ބުނެފިއެވެ....

19 Oct 2021 | 03:38

ނޭމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގް އާއި ދެކޮޅަށް ޕީއެސްޖީ މިރޭ ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް އޭނާގެ ކުލަބު ޕީއެސްޖީން ބުނެފިއެވެ.

މިކަމާ ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭމާއަށް އަނިޔާވެފައިވަނީ ބްރެޒިލް އެންމެ ފަހުން ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކަމަށާއި އެ މެޗުގައި އަނިޔާވެފައިވަނީ ނެމާގެ ކަނާތު އުކުޅުވަޅަށް ކަމަށެވެ.

ނަމަވެސް އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ. ނޭމާއަށް އެނބުރި ކުޅުމަށް އާދެވޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ފަހުން ކަމަށް އެ ކުލަބުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނޭމާއަށް އަނިޔާގެ މައްސަ ކުރިމަތިވެފައިވާއިރު މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޑިފެންޓަރު ސާޖިއޯ ރާމޯސް އާއި މިޑްފިލްޑަރު ލިއެންޑްރޯ ޕަރަޑޭސް އަށްވެސް ނުކުޅޭނެއެވެ. މީގެ އިތުރުން ފޯވާޑް މައުރީ އިކާޑީއަށް ވެސް މިރޭގެ މެޗުގައި ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ސީޒަނުގައި މާ އެދެވޭ ކުޅުމެއް ނޭމާގެ ފަރާތުން ފެނިގެން ނުދެއެވެ. އެގޮތުން މިހާތަނަށް ޕީއެސްޖީ މި ފަހަރުގެ ސީޒަނުގައި ކުޅުނު ފަސް މެޗުގައި އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ.

އާރްބީ ލީޕްޒިގް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް