އަކްޝޭގެ "ސޫރްޔަވަންޝީ" ގެ އެންމެ ތަންކޮޅެއްވެސް ސެންސަރު ކުރާކަށް ނުޖެހުނު!

ބޮލީވުޑްގައި މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ސޫރްޔަވަންޝީ"ގެ އެންމެ މަންޒަރެއްވެސް ކަނޑާލަން ނުޖެހި ސަލާމަތް ވެއްޖެ އެވެ. ރޯތިތް ޝެޓީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ލީޑްރޯލުން ފެނިގެން...

19 Oct 2021 | 03:34

ބޮލީވުޑްގައި މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ސޫރްޔަވަންޝީ"ގެ އެންމެ މަންޒަރެއްވެސް ކަނޑާލަން ނުޖެހި ސަލާމަތް ވެއްޖެ އެވެ.

ރޯތިތް ޝެޓީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ފިލްމު އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް ފިލްމް ސެޓިފިކޭޝަނުން ފާސްކޮށްފައިވަނީ އިއްޔެ އެވެ. ފިލްމަށް ސެޓްފިކެޓް ދިން އިރު އެ ފިލްމުގެ އެއްވެސް ތަންކޮޅެއް ކަނޑައި ނުވަތަ ސެންސަރު ކުރަން ނުޖެހޭ ކަމަށް އޮތީ ނިންމާފަ އެވެ.

މި ފަހުން ރިލީޒް ކުރި ބައެއް ފިލްމުތަކުގައި ހިމަނާފައި ހުންނަ މަންޒަރުތަކުން ފިލްމުގެ ބައެއް ބައިތައް ކަނޑަން އެ ބޯޑުން އަންގާތީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހެ އެވެ.

"ސޫރްޔަވަންޝީ" އަކީ ރޯތިތު ކުރިން ޑައިރެކްޓުކޮށްފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިންގަމް"، "ސިމްބާ" އަދި "ސިންގަމް ރިޓާން" ފަދަ ފުލުހުންގެ ދާއިރާއަށް އަމާޒުކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭ އާއި ކެޓްރީނާގެ އިތުރުން ރަންވީރު ސިންގް އަދި އަޖޭ ދޭވްގަންވެސް ފެނިގެންދާނެ އެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޯވިޑާއި ގުޅިގެން ސިނަމާތައް ބަންދުކޮށްފަ ހުރުމަށް ފަހު މިމަހު 22 ގައި މުމްބާއީގެ ސިނަމާތައް ހުޅުވުމުގެ ހުއްދަ އިންޑިއާގެ މަހާރާޝްޓްރާ ސަރުކާރުން ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް