ބޮލީވުޑް ބަތޮލު ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، އޭނާއަށް ރަހުމަތްތެރިއަކު ލިބިފައިވާކަމުގައި އޭނާ ބުނެފިއެވެ.
ވަރުން މިހެން ބުނެފައިވަނީ މުސަޅަކަށް ކެރަޓަކާތް ފަތް ކޯންޏެއް ކާންދޭ މަންޒަރު އިންސްޓަ ކުރަމުންނެވެ.
"މޭޑް އަ ނިއު ފްރެންޑް" ފޮޓޯއަކާއި ވީޑިއޯގެ ކެޕްޝަންގައި ވަރުން ބުނެފައިވެއެވެ.
ޗުއްޓީ ހޭދަކޮށްލުމަށް ވަރުން ރާއްޖެއައިސްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ފުށީގައެވެ.
ލޮކްޑައުނަށްފަހު ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލިފަހުން ބޮލީވުޑްގެ ބައެއް ތަރިން އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ނިހާ ދޫޕިއާ އާއި އަންގަދު ބޭދީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ތާޕްސީ ޕަންނޫވެސް ވަނީ މި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. މަންދިރާ ބޭދީވެސް ވަނީ މި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް