މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލާގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގޮވާލުމުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށް ޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
އިލްޔާސްގެ ޓްވީޓާގައި އޭނާ ވިދާޅުވީ އަހުދާއި ވައުދު އުވާލުމަކީ މުސްލިމުންގެ ސިފައެއް ނޫން ކަމަށާއި އެއީ ޔަހޫދީންގެ ސިފައެއް ކަމަށެވެ. އިލްޔާސް ވިދާޅުވީ އެމްޑީއެން އުވާލުމުގެ ޓޮޕިކް ބަދަލު ކުރުމަށް ކިތަންމެ ވަރަކަށް އުޅުނަސް ދިވެހިން ތިބީ ދީނާއި ރަސޫލާގެ ދިފާއުގައި ކަމަށެވެ. މުސްލިމުން އެންމެ ބޮޑަށް ލޯބިކުރާ އަދި ލޯބިވާންޖެހޭ ޝަހުސިއްޔަތަކީ ހަމައެކަނި މާތް ނަބިއްޔާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
https://twitter.com/shkilyas/status/1185134215131648001?s=20
އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ ޖަމިއްޔާ މިހާރު ޔޫތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން ސަސްޕެންޑުވެސް ކޮށްފައެވެ. އަދި މި މައްސަލާގައި އެތައް ބަޔަކު އެ ޖަމިއްޔާ އުވާލުމަށް ގޮވަމުން އަންނައިރު އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރު ކުރުމަށްވެސް އަންނަނީ ގޮވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް