ގިނަ އަދަދެއްގެ ބަނގުރަލާއި އެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާއި އެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި އެވެ. މި އޮޕަ...

19 Sep 2020 | 08:57

ގިނަ އަދަދެއްގެ ބަނގުރަލާއި އެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި އެވެ. މި އޮޕަރޭޝަންތަކުގައި 511 ބިޔަރު ދަޅާއި، 116 ބަނގުރާ ފުޅި އަތުލައިގެންފައިވެ އެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހާއި 15 ވަނަ ދުވަހު އެވެ. 13 ވަނަ ދުވަހުގެ އޮޕަރޭޝަންގައި 30 އަހަރުގެ ދެ ދިވެހިންނާއި 23 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައި ވެއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ޕިކަޕަކުން ބަނގުރާތައް ބާލަމުން ދަނިކޮށެވެ.

މިމަހުގެ 15 ވަނަ ދުވަހު ބަނގުރަލާއި ބިޔަރު ދަޅުތައް އަތުލައިގަތީ ޕިކަޕެއް ވޭނެއް ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު އެވެ. އެ ދުވަހު 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރި އެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް