ބުންޑެސްލީގާ: ފަސޭހަ މޮޅަކާއި އެކު ބަޔާންއިން ލީގު ފަށައިފި

ޖަރުމަން ބުންޑެސްލީގާގެ ކުޅުން ރޭ ފެށިއިރު، ޝާލްކޭ އަތުން ފަސޭހަ މޮޅެއް ހޯދާ ބަޔާންއިން ލީގުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޝާލްކޭއާ ދެކޮޅަށް ކުޅުނު މެޗު ބަޔާންއިން ކާމިޔާބ...

19 Sep 2020 | 05:51

ޖަރުމަން ބުންޑެސްލީގާގެ ކުޅުން ރޭ ފެށިއިރު، ޝާލްކޭ އަތުން ފަސޭހަ މޮޅެއް ހޯދާ ބަޔާންއިން ލީގުގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ޝާލްކޭއާ ދެކޮޅަށް ކުޅުނު މެޗު ބަޔާންއިން ކާމިޔާބު ކުރީ0-8 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ފެށިގެން ފުރަތަމަ ހަތަރުވަނަ މިނެޓުގައި ބަޔާންއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ގިނެބްރީ ކާމިޔާބު ކޮށްދިން އިރު، ލިއޮން ގޮރެޒްކާ ވަނީ މެޗުގެ 19 ވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވެންޑޯސްކީއެވެ.

ތިން ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ބަޔާންއިން ނިންމާލިްިރު، އެޓީމުގެ ހަތަރުވަނަ ލަނޑާއި އަދި ފަސްވަނަ ލަނޑުވެސް ގިނެބްރީ ކާމިޔާބު ކޮށްދިންއިރު، މި ލަނޑުތަށް އޭނާ ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ47ވަނަ މިނެޓާއި 59 ވަނަ މިނެޓުގައެވެ. އަދި ބަޔާންގެ އިތުރު ލަނޑުތަށް ކާމިޔާބު ކޮށްދިނީ ޖޯޝުއާ ކިމިޗް އާއި ތޯމަސް މުލާގެ އިތުރުން ސާނޭ އަދި ޖަމާލް މުސިއާލާއެވެ. ކާމިޔާބުކުރި އަށް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ސާން ގްނަބްރީ ވަނީ ހެޓްރިކެއް ހަދާފައެވެ.

މިއީ ޖަރުމަނު ލީގުގެ ފުރަތަމަ މެޗުގައި ޓީމަކުން މިހާ ތަފާތު ބޮޑުކޮށް މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބަޔާން އަކީ ފާއިތުވި 8 އަހަރު ވެސް ޖަރުމަނު ލީގުގެ ޗެމްޕިއަނުން ކަމުގައި ވާއިރު، ޖެހިޖެހިގެން އަށް ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް އޮތީ މީގެ ކުރިން ޔުވެންޓަސް އަތުގައި އެކަންޏެވެ.

ބަޔާން އިން ވަނީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގެ އިތުރުން ޖަރުމަނު ކަޕާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ލީގުގައި ބަޔާން ދެން ބައްދަލުކުރާނީ ހޮފެންހެއިމްއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް