ހެންވޭރުގައި ހުންނަ އިހްސާން ފިހާރައިގެ ބިއްލޫރިގަނޑެއް މީހަކު ތަޅާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިކަން ރިޕޯޓްކޮށްފައިވަނީ މިރޭ 08:53 ހާއިރުގައެވެ.
"ހެންވޭރުގައި ހުރި އިހުސާން ފިހާރައަށް ދިޔަ މީހަކު ހަމަނެޖެހުން ހިންގައި އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަމަށް" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުލިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް