ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީންނަށް ދޫކުރާ "ވޯކް ވިސާ" ހެދުމަށް ފޭކު ލިޔުމެއް ބޭނުންކުރަން މަސައްކަތްކުރި ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުންނާއި ގުޅިގެން މިއަދު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި، ވޯކް ވިސާ ހެދުމަށްޓަކައި ނަކަކުކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުންކުރަން މަސައްކަތްކުރި ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.
ފޭކް ލިޔުމެއް ބޭނުންކުރަން މަސައްކަތްކުރި ބިދޭސީއަކު އަތުލައިގެންފައިވާއިރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި، ގާނޫނާ ހިލާފު ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އަތުލައިގަނެ ވަގުތުން ޑީޕޯޓްކޮށްލާފައެވެ. އެ ދެ ބިދޭސީންގެ މައްސަލަތައް ތަހުގީގު ކުރުމަކާއިނުލާ ވަގުތުން ޑީޕޯޓް ކޮށްލުމުން އިމިގްރޭޝަނަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް