ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަށްޓަކައި "ފުރަތަމަ ގައު" ރައީސް ބަހައްޓަވައިދެއްވައިފި

ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަށްޓަކައި " ފުރަތަމަ ގައު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބަހައްޓަވައިދެއްވައިފިއެވެ. ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެމިސްކިތް ރ...

19 Sep 2019 | 15:54

ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަށްޓަކައި " ފުރަތަމަ ގައު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބަހައްޓަވައިދެއްވައިފިއެވެ.

ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެމިސްކިތް ރޭވުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. ކަޅުވަކަރު މިސްކިތް، ސަލްޓަން ޕާކު ސަރަޙައްދުގެ ތެރޭގައި ބެހެއްޓެވުމަށް ވަޒީރުންގެ މަޖުލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހެވެ. އެ މިސްކިތް ބަހައްޓަވަނީ ޤައުމީ ދާރުލް އާޘާރުގެ އުތުރުން އޮންނަ ބިމުގައެވެ.

މިސްކިތް އަލުން ބަހައްޓަވަނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކުގައެވެ. މީގެއިތުރުން މި މިސްކިތް ބަހައްޓަވަނީ ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރެވޭ ތަނެއްގެ ގޮތުގައި، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ގޮތަކަށެވެ.

ކަޅުވަކަރު މިސްކިތަކީ މުޅިންހެން ކަޅުވަކަރާއި ހިރިގާ ބޭނުން ކޮށްގެން ހަދާފައި ހުރި މިސްކިތެކެވެ. މިސްކިތުގައި ބޭނުން ކޮށްފައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތް ރަމްޒު ކޮށްދެނީ ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަށްޓަކައި " ފުރަތަމަ ގައު" ބާއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބަހައްޓާ ސަރަހައްދު ބައްލަވައިލައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް