ނިރުބަވެރިކަމަށް ހިތްވަރުދޭ ޖަމާއަތްތަކުގެ ލިސްޓު އާއްމުކޮށްފި

ނިރުބަވެރިކަމަށް ހިތްވަރުދޭ 17 ޖަމާއަތެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާއްމުކުރައްވައިފިއެވެ. މި ލިސްޓަކީ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 18 ވަނަ މާއްދާގެ...

19 Sep 2019 | 12:10

ނިރުބަވެރިކަމަށް ހިތްވަރުދޭ 17 ޖަމާއަތެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާއްމުކުރައްވައިފިއެވެ.

މި ލިސްޓަކީ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 18 ވަނަ މާއްދާގެ (ށ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެވެ. މި ލިސްޓަކީ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެ ކަމަށް ކަނޑައަޅާފައިވާ ލިސްޓެކެވެ.

މި ލިސްޓްގައި ހިމެނޭ ޖަމާއަތްތަކަކީ

1 އިސްލާމިކް ސްޓޭޓް (އައިސިލް/އައިއެސްއައިއެސް/އައިސިސް)

2 އަލް ޤައިދާ

3 ޖަބްޙަތު ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުޞްރާ ފްރަންޓް)

4 ލަޝްކަރޭ ޠައިބާ

5 އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

6 އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

7 އަބޫ ސައްޔާފް ގްރޫޕް

8 ބޯކޯ ހަރާމް

9 އަލް ޝަބާބް

10 އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

11 ތެހެރީކޭ ޠާލިބާން ޕާކިސްތާން (ޕީޓީޕީ)

12 ޙަރަކާތުލް ޖިހާދު އަލް އިސްލާމް

13 ޖައިޝޭ މުޙައްމަދު

14 އިސްލާމިކް ސްޓޭޓް އިން އިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާޝަން)

15 ނެޝަނަލް ތަޢުޙީދް ޖަމާޢަތް

16 ޖަމާޢަތު މިއްލަތޭ އިބްރާހިމް

17 ވިލާޔަތު އަލް ސޭލާނީ

މި ލިސްޓު ރައީސް އޮފީހުން އާންމު ކުރެއްވުމުގެ ކުރިން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޓެރަރިޒަމް ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ލިސްޓް އެކުލަވާލާފައިވަނީ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ލަފާގެ މަތިންކަމަށާއި ޓެރަރިޒަމްގެ މައްސަލަތައް ހައްލު ކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ. އަދި ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް