ޗައިނާގެ ބެއިޖިންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ފޮރެން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން މިނިސްޓަރު ވަނީ އޮޅުންފިލުވާފައެވެ. އަދި ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކަންބޮޑުވުންތައް މިނިސްޓަރު ވަނީ އައްސަވާފައެވެ.
https://twitter.com/MoFAmv/status/1174320681745412096
މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގިޝަން އާއި ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވާންގް ޔީ އާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ)ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ޑީ.ޖޭ. ޕާންޑިއަންއާއި، ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ލީ ޑައޮސޮންގް އާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރުގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި، ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު އާއި، ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް