ކައުންސިލް އިންތިޙާބަށް ތާއިދު ހޯދަން ޔާމީން އަތޮޅު ތެރެއަށް

ކައުންސިލް އިންތިޙާބަށް ތާއިދު ހޯދުމަށް ރައީސް ޔާމީން އަތޮޅު ތެރެއަށް ދަތުރުކުރައްވާ ގޮތަށް ހަމަޖައްސައިފިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ތާއީދު ހ...

19 Sep 2019 | 06:34

ކައުންސިލް އިންތިޙާބަށް ތާއިދު ހޯދުމަށް ރައީސް ޔާމީން އަތޮޅު ތެރެއަށް ދަތުރުކުރައްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ތާއީދު ހޯދުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރަށްވާނެ ކަމަށް ކޮންގްރަސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މޮންދު) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިއަދު ދަތުރު ކުރަން ހަމަޖެހިފައިވަނީ މ. އަދި ފ. އަތޮޅުގެ ނުވަރަށަކަށެވެ.

މި ދަތުރަކީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމަނިކުފާނު ކުރައްވާ ދެވަނަ ދަތުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް