މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އެރި މީހަކު މަރުވެއްޖެ

މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އަރައިގެން، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެއެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ، މެޔަށް ތަދެއް އަރައިގެން ރޭ 10:55 ހާއިރު އެ ހޮސްޕިޓަލ...

19 Sep 2019 | 06:14

މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އަރައިގެން، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ، މެޔަށް ތަދެއް އަރައިގެން ރޭ 10:55 ހާއިރު އެ ހޮސްޕިޓަލަށް 49 އަހަރުގެ ފިރިހެނަކު ގެންދިޔަ ކަމަށެވެ. އެމީހާޔަށް ނޭވާ ނުލެވި، މެޔަށް ތަދެއް އަރައިގެން ފަރުވާ ދެމުން ދަނިކޮށް މަރުވީ ރޭ 11:55 ހާއިރު ހާޓްއެޓޭކެއް ޖެހިގެން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ރޭ ހާޓްއެޓޭކެއް ޖެހިގެން މަރުވެފައި ވަނީ ލ.މާމެންދޫ ރެޑްރޯސް، ޔޫސުފް ހުސައިން ނަކަމަށް ކިއުނު މީހެކެވެ.

އޭނާގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު މާލެ އާސަހަރާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް