ގުޅީފަޅާއި މާލެ ހުޅަނގު އުތުރު ބަނދަރު ސަރަހައްދު ތަރައްޤީކުރަން ބަޔަކާ ހަވާލުކޮށްފި

ގުޅީފަޅާއި މާލެ ހުޅަނގު އުތުރު ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން ހެދުމަށް ސިންގަޕޫރުގެ އެޗް.ކިއު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި ހ...

19 Sep 2019 | 05:55

ގުޅީފަޅާއި މާލެ ހުޅަނގު އުތުރު ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން ހެދުމަށް ސިންގަޕޫރުގެ އެޗް.ކިއު ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެންބަސީގައެވެ.

މި މަސަތްކަތް އެޗް.ކިއު ކުންފުންޏާއި ހަވާލުކޮށްފައިވަނީ ހަ ލައްކަ 50 ހާސް ޑޮލަރަށެވެ. އެއްބަސްވުމުގައިވާ ގޮތުން އަށް މަސް ދުވަހުގެ ތެރޭގައި ފްލޭނިންގެ މަސަތްކަތް ނިންމަންޖެހެއެވެ.

މި މަސައްކަތަކީ ގްރޭޓަރ މާލެ އާބަން ރީޖަން ޑިވެލޮޕްމަންޓްގެ ދަށުން ފަށާ މަސައްކަތަކަށްވާއިރު ސަރުކާރުގެ ޢަމާޒަކީ ގުޅީފަޅަކީ ލައިޓް އިންޑަސްޓްރިއަލް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމެވެ. އަދި ތޮށްޖެހިފައިވާ މާލެއަށް މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫ ކުޑަކޮށް، ހިތް ފަސޭހަ ޖާގަތައް މާލޭގައި އިތުރުކުރުމެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް