ރައީސް ޔާމީންގެ ޝަރީޢަތް ބުދަ ދުވަހު

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ބުދަ ދުވަހުގެ 9:30 އަށް ތާވާލުކޮށްފިއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނެގުން އ...

19 Sep 2019 | 05:25

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ބުދަ ދުވަހުގެ 9:30 އަށް ތާވާލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނެގުން އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ވަނީ ނިންމާލާފައެވެ.

އެގޮތުން ހެކީގެ ގޮތުގައި އަށް ބޭފުޅަކު ދައުލަތަށް ހުށައަޅާފަވާއިރު އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފިޔަވައި އެހެން ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.

ލުތުފީގެ ހެކިބަސް ނުނެގުނީ އޭނާއަށް މަޖުބޫރު ކޮށްފައިވާ ކަމަށްބުނެ ހެކިބަސް ދިނުމަށް އިންކާރު ކުރެއްވުމުނެވެ. ގާޒީ ވަނީ ދެން އޮންނަ ޝަރީޢަތެއްގައި ދައުލަތުން ހުށައެޅި ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ގާޒީ ވަނީ ދިފާއުން ހުށަހަޅާފައިވާ ހެކީގެ ހެކިބަހާއި ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ދައުވާއަކީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެވެ. އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށްފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް މި އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރެއް ކުރިއެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ފަހުން ބާތިލުކޮށްފައެވެ.

މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް