ރާއްޖެއައި ބިދޭސީއެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ބަންގްލަދޭޝްއިން ރާއްޖެއައި ބިދޭސީއެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ވިދާޅުވިގޮތުގައި މި މީހާއަކީ ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު ވައިގެމަގުން ބަންގްލަދޭޝްއި...

19 Sep 2019 | 04:24

ބަންގްލަދޭޝްއިން ރާއްޖެއައި ބިދޭސީއެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވިދާޅުވިގޮތުގައި މި މީހާއަކީ ސެޕްޓެމްބަރު މަހު 17 ވަނަ ދުވަހު ވައިގެމަގުން ބަންގްލަދޭޝްއިން ރާއްޖެއައި އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.

އެގޮތުން މި މީހާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ ފުރަތަމަ މަރުޙަލާގައި މި މީހާ ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްއަށް ވަނީ ޕޮސިޓިވް ވެފައެވެ.

މީގެ އިތުރުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2,948,000.00  (ދެ މިލިއަން ނުވަލައްކަ ސާޅީސް އަށް ހާސް) ރުފިޔާއަށް އަރާ ކަމުގައި ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މީހާއާއި، މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް