ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފި

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފި އެވެ. ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް...

19 Sep 2018 | 11:11

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފި އެވެ.

ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި ސަރުކާރުގެ ބައެއް އިސްވެރިން ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ. އެރަށުން މަރުހަބާ ދެންނެވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ.

އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ޓެސްޓު ފްލައިޓު ޖެއްސިޔަސް އަދި ޓާމިނަލް އާއި އެނޫންވެސް އެއާޕޯޓުގެ އިމާރާތްތައް އެއްކޮށް މަސައްކަތް ނުނިމޭ ކަމަށެވެ. އެކަމަކު އެތަންތަން ނުނިމުނަސް ބޭނުންނަމަ ޗާޓަރު ފްލައިޓުތައް މާދަމާއިން ފެށިގެން ކުޅުދުއްފުށީ އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ އިމާރާތްތައް ނިމި އެއާޕޯޓު ހުޅުވޭހާ އަވަހަކަށް ރައީސް އަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އެއާޕޯޓު އެޅުމަކީ ރައިސް ޔާމީންގެ ރިޔާސީ ވައުދެކެވެ. މި މަަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ.

ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާފައި ވެ އެވެ. އެއީ ފަޅުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް