ހިޔާގެ ކުދިން ތަމްރީން ވުމަށް ކުރުނބާއިން ފުރުސަތު ދެނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް އިންޓަންޝިޕްގެ ފުރުސަތު ހޯދައި ދިނުމަށް ޖެންޑާ މިނިސްޓްރީ އާއި ކުރުނބާ މޯލްޑިވްސް އިން އެއްބަސްވެއްޖެ އެވެ. މި އެއްބަސްވުމުގައި ޖެންޑ...

19 Sep 2018 | 08:53

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް އިންޓަންޝިޕްގެ ފުރުސަތު ހޯދައި ދިނުމަށް ޖެންޑާ މިނިސްޓްރީ އާއި ކުރުނބާ މޯލްޑިވްސް އިން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ލީޝާ މުހައްމަދެވެ އެވެ. ކުރުނބާ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ރިޒައިދް މަޖުސްކީ އެވެ.

މި އެއްބަސްވުމުގެ ދަށުން ހިޔާގައި އުޅޭ 16 އަހަރުން މަތީގެ ދެ ކުއްޖަކަށް ކޮންމެ އަހަރަކު ކުރުނބާއިން އިންޓަންޝިޕް ފުރުސަތު ދޭނެ އެވެ. އަދި ކޯސް ފުރިހަމަ ކުރާ ކުދިންގެ ތެރެއިން ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ކުދިންނަށް ކުރުނބާއިން ނުވަތަ އެހެން ތަނަކުން ވަޒީފާ ހޯދައިދޭނެ އެވެ.

މިފަދަ އެއްބަސްވުމެއް ޖެންޑާ މިނިސްޓްރީން ވަނީ ކޮންޑްރަޑް މޯލްޑިވްސް ރަންގަލި އަދި އަނަންތަރާ މޯލްޑިވްސް އާއި އެކު ހަދާފަ އެވެ. މި އެއްބަސްވުންތަކުގެ ދަށުން ހިޔާގައި އުޅުނު ދެ ކުއްޖަކު އަންނަނީ އެ ދެ ރިސޯޓުގައި އިންޓަންޝިޕް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް