ސަރުކާރު މުވައްޒަފުން ސިވިލް ސާވިސް ގާނޫނާއި ހިލާފު ނުވުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ.
އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިންތައްލިޔެފައިވާނެ ކަމަށެވެ.
އެގޮތުން ވަޒީފާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ އެއްވެސް ބާރެއްގެ ބޭނުން ސިޔާސީ ހަރަކާތަކަށް ފޯރުވުމާއި މަގާމު އަދާ ކުރުމުގައި ވަކި ސިޔާސީ ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. ރަސްމީ މަސައްކަތެއް ކުރާ އެއްވެސް ވަގުތެއްގައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމާއި ވަޒީފާގެ ގޮތުން ކުރަންޖެހޭ މަސައްކަތަށް ނުވަތަ މަގާމުގެ ވާޖިބުތަކަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ސިޔާސި ހަރަކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެއް ކަމަށެވެ.
މީގެ އިތުރަށް ސިވިލް ސާވިސްގެ މުވައްޒަފަކަށް ވެ ހުރެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެއްވެސް މަގާމެއް ފުރުމަކީވެސް ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސީއެސްސީން މިގޮތަށް ބަޔާނެއް ނެރެފައި މިވަނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރާން ރެހެންދި ސްކޫލްގެ ޓީޗަރުންތަކަކައި ނ. ކުޑަފަރީ ސިވިލް ސާވިސް މުވައްޒަފުން ހާމަކޮށްފައި ވަނިކޮށެވެ.
އަދި މިކަމާ ވެރިކަން ކުރާ ޕީޕިއެމްއިން ހިތްހަމަ ނުޖެހި އެކަން ކުށްވެރިކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް