އަންނަ އާދިއްތަ ދުވަހު ބައްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓު ކަރުދާހާއި އެކު އިންތިހާބަށް ބޭނުންވާ މުހިންމު ލިޔުންތައް ފޮނުވާނެ ކަމަށެވެ. އަދި އެތަކެތި ހިފައިގެން ރަށްރަށަށް ދާނީ ފުލުހުންގެ ސެކިއުރިޓީ އާއި އެކު އިލެކްޝަންސް އޮފިޝަލުން ކަމަށެވެ.
ވޯޓު ކަރުދާހާއި އިންތިހާބާއި ގުޅޭ ތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ފޯކަލް ޕޮއިންޓުތަކުގައި ރައްކާތެރި ކަމާއި އެކު އެވެ. އީސީން ވަނީ މީގެ ކުރިން ވޯޓު ފޮށިތަކާއި ވޯޓުލާ ބޫތުތައް ރަށްރަށަށް ފޮނުވާފަ އެވެ.
އަދި ވޯޓު ފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކޮށް މިހާރު ވަނީ ނިމިފައި އެވެ. ރިޔާސީ އިންތިހާބަށް ބާކީ އޮތީ ތިން ދުވަހެވެ.
ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބަހައްޓާއިރު، މިފަހަރުގެ އިންތިހާބުގައި 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް