ވަރުން ރަނގަޅު ފިރިއަކަށް ވާނެކަން އަނުޝްކާއަށް އިނގިއްޖެ

ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ އެކުގައި އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑްގެ ފިލްމު "ސުއި ދާގަ" އިންނެވެ. މިހާރު ކުރިޔަށް ދަނީ ފިލްމުގެ މަސައްކަތް ނިންމާ ޕްރޮމޯޝަންގެ މަސައްކަތްތަކެވެ. އެގޮތުން...

19 Sep 2018 | 03:15

ވަރުން ދަވަން އާއި އަނުޝްކާ ޝަރުމާ އެކުގައި އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑްގެ ފިލްމު "ސުއި ދާގަ" އިންނެވެ.

މިހާރު ކުރިޔަށް ދަނީ ފިލްމުގެ މަސައްކަތް ނިންމާ ޕްރޮމޯޝަންގެ މަސައްކަތްތަކެވެ. އެގޮތުން ދެ ތަރިން އެކުގައި ގިނަ ސިޓީތަކަކަށް ދަތުރު ކުރަމުންދާއިރު އަނުޝްކާ ވަނީ ވަރުން އާއި ބެހޭ ގޮތުން ތަފާތު ވާހަކައެއް ދައްކާފަ އެވެ.

އަނުޝްކާ ބުނީ ވަރުން އާއި އެކު މަސައްކަތް ކުރުމުން އެއީ އެކުގައި މަސައްކަތް ކުރަން އެންމެ ރަނގަޅު ބަތަލާކަން ވިސްނުނު ކަމަށެވެ. އެހެންވެ ގަބޫލް ކުރަނީ އެކުގައި އުޅޭ މީހުންނަށް އެހާ ރަނގަޅުކަމުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއަށްވެސް ވަރަށް ރަނގަޅު މީހެއް ކަމަށެވެ.

މީގެ އިތުރުން ކައިވެނި ކުރުމުން ވަރުން ވާނީ ވަރަށް ރަނގަޅު ފިރިއަކަށް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް އަނުޝްކާ ބުންޏެވެ.

ވަރުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްކޫލް ދައުރުން ފެށިގެން އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި އެވެ. ދެމީހުން އެކުގައި މިހާރު އާންމުންގެ ތެރެއިންނާއި ހަފްލާ ތަކުން ފެންނަ އިރު ވަރުން ބުނެފައިވަނީ ކައިވެންޏެއް ކޮށް ދަރިން ހޯދައިގެން އުޅޭތަން ވަރަށް ދެކެން ބޭނުންވާ ކަމަށެވެ.

އަދި އޭނާ އާއި ނަތާޝާ ކައިވެނި ކުރަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި އެކަމަށް އެންމެ ރަނގަޅު ވަގުތު ޖެހުމުން ކައިވެނި ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް