ސަންޖޭއަށް ވަކި ވައްތަރެއްގެ ފިލްމު ހެދުމަށް ފާޑަކަށް މަޖުބޫރުވެފައި!

ބޮލީވުޑްގައި މިއަހަރު ރިލީޒްވި އެންމެ ކާމިޔާބު އެއް ފިލްމަކީ "ޕަދްމާވަތް" އެވެ. ފިލްމަށް ބޮޑު އާމްދަނީއެއް ލިބުނު އިރު އެ ފިލްމު ހަދަން ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާނީވަނީ ބޮޑު ގޮންޖެހުންތަ...

19 Sep 2018 | 03:10

ބޮލީވުޑްގައި މިއަހަރު ރިލީޒްވި އެންމެ ކާމިޔާބު އެއް ފިލްމަކީ "ޕަދްމާވަތް" އެވެ.

ފިލްމަށް ބޮޑު އާމްދަނީއެއް ލިބުނު އިރު އެ ފިލްމު ހަދަން ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާނީވަނީ ބޮޑު ގޮންޖެހުންތަކެއް ހުރަސްކޮށްފައި އެވެ. ފިލްމުގެ ވާހަކަ އާއި ދައްކުވައިދޭން މަސައްކަތް ކުރި މަންޒަރުތަކާއި މެދު އާންމުން ހިތްހަމަ ނުޖެހިގެން މުޒާހަރާކޮށް، ދެ ފަހަރަކު ވަނީ ފިލްމު ސެޓުގައި ރޯކޮށް ގެއްލުން ދީފަ އެވެ.

ފިލްމަށް ލިބުނު އާމްދަނީއަކީ ދިމާވި ހާދިސާތަކަށް ބަލާއިރު އުންމީދު ކުރިވަރެއްވެސް ނޫނެވެ.

އެކަމަކު ދެންވެސް ސަޕޯޓަރުންނާއި އެކުގައި މަސައްކަތް ކުރާ މީހުން ބޭނުންވަނީ ސަންޖޭ އެކަހަލަ ފިލްމެއް އުފައްދާށެވެ. އިންޑިއާގެ ކުރީގެ ސަގާފަތްތަކާއި، ރަސްކަމާއި ކޮއިލުތަކުގައި ހިނގާފައި ހުންނަ ހާދިސާތަކުގެ މައްޗަށް އޭނާ ތައްޔާރު ކުރާ ފިލްމުތައް މާ ކަމުދާ ކަމަށް އެމީހުން ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސަންޖޭ ދެން ބޭނުންވަނީ ހެއްވާ މަޖާ ފިލްމެއް ހަދާށެވެ. އެކަމަކު ބަޔަކު ދަނީ އޭނާއަށް "ޕަދްމާވަތް" ފަދަ ފިލްމެއް ހެދުމަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އިންޑިއާ އޯޑިއަންސްގެ މައްސަލައަކީ އެއީ އެވެ. މިހާރު ސަންޖޭ ޕަދްމާވަތް ކަހަލަ ތިން ފިލްމު ހަދާފައިވާއިރު ބޭނުންކޮށްފައިވަނީވެސް އެއް ތަރިން ތަކެކެވެ. އެއީ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް