ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތައް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގި ބޭފުޅުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވާ ގޮތުގައި ކޯވިޑް-19 ގެ މިހާލަތަކީ ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސް ގަުއމު ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި އޮތް ދުވަސް ކޮޅެއް ކަމަށެވެ. މިފަދަ ހާލަތެއްގައި ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔަ ހެލްތް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ފެންމަތި ވުމަކީ ކަންބޮޑުވެވަޑައިގެންނަވާ ކަމެއް ކަމަށެވެ.
އާދަމް ޝަރީފުގެ މައްސަލައިގަ އިތުރަށް ބުނެފައިވަނީ މިފަދަ ކޮރަޕްޝަންގެ އަމަލުތައް ތަކުރާރު ވިޔަ ނުދިނުމަށް ކުރިޔަށް އޮތްތާ އަމަލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި މިހާރު އާންމުވި ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލްވާ މީހުންނާއި މެދު އަވަހަށް ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތަކުން ވަރަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފާހަގަވެފައިވާއިރު މި މައްސަލަތައް ބަލާ ނިމެންދެން ހެލްތް މިނިސްޓްރީގެ ބައެއް ވެރިން ވަނީ ސަސްޕެންޑުކޮށްފައި އެވެ. އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މައްސަލަ ތަހުގީގުކޮށް ނިމެންދެން އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް