ގދ. ތިނަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި ގަސްދުގައި ބަޔަކު ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ ސައިކަލުގައި ރޯކޮށްލާފައިވާކަން އެނގުނީ މިމަހުގެ 15 ވަނަ ދުވަހު ހެނދުނު 8:30 ހާއިރު ކަމަށެވެ. އަލިފާން ރޯކޮށްލުމުން ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެވެ.
ފުލުހުން ބުނީ ސައިކަލު ޕާކު ކޮށްފައ ހުރީީ ފުލުސް މީހާ ދިރިއުޅޭ ގޭ ކައިރީ ގައި ކަމަށެވެ. އެކަމަކު ސައިކަލު ފެނިފައިވަނީ ހޯދަމުން ދަނިކޮށް އަތިރި މައްޗަށް ގެންގޮސް ރޯކޮށްލާފައި އޮއްވައި ކަމަށެވެ.
މި މައްސަލައިގަ މިއަދު ފުލުހުން ވަނީ ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި އެވެ. ހައްޔަރުކޮށްފައިވަނީ 26 އަހަރާއި 18 އަހަރާއި 22 އަހަރުގެ ތިން ދިވެހި ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް