ބިދޭސީ އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރިގަނެގެން ފިލަން އުޅުނު ލުޓޭރަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި ބިދޭސީ އަންހެނެއްގެ އަތުން ފައިސާ ތަކެއް ފޭރުނު 18 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 7:26ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
"ފޭރުނު މީހާ ހިފަހައްޓާފައިވަނީ މަޖީދީމަގު ލަގްޒަރީ ފިހާރަ ކައިރިން އެވަގުތު އެ ސަރަހައްދުގައި ހުރި އޮފް ޑިއުޓީ ފުލުހަކު" ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ލުޓޭރު، ބިދޭސީ މީހާގެ އަތުން 10 ހާސް ރުފިޔާ ފޭރިގަތެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ފޭރުނު ފައިސާ އޭގެ ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފައެވެ. އަދި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް