އިމާރާތެއްގެ ފާރެއް ވެއްޓި ދެ އަހަރުގެ ކުއްޖަކަށާއި ބޮޑު މީހަކަށް އަނިޔާވެއްޖެ

ލ. މާމެންދޫގައި ހަދަމުންދިޔަ އިމާރާތެއްގެ ފާރެއް އެހެން އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓި ހިނގި ހާދިސާއެއްގައި ދެ އަހަރުގެ ކުއްޖަކަށާއި ބޮޑު މީހަކަށް އަނިޔާ ވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ...

19 Aug 2019 | 12:13

ލ. މާމެންދޫގައި ހަދަމުންދިޔަ އިމާރާތެއްގެ ފާރެއް އެހެން އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓި ހިނގި ހާދިސާއެއްގައި ދެ އަހަރުގެ ކުއްޖަކަށާއި ބޮޑު މީހަކަށް އަނިޔާ ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އެ ފާރު ވެއްޓުނީ ހަމަ އެ ގޯތީގައި ހުރި އެހެން އިމާރާތެއްގެ މައްޗަށެވެ. އަނިޔާވެފައިވަނީ އުމުރުން ދެ އަހަރުގެ ދެ ކުއްޖަކަށާއި 38 އަހަރުގެ ފިރިހެނަކަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1:11 ހާއިރުގައެވެ. ވެއްޓިފައިވަނީ ރޭނުމަށްފަހު ނުހިކި ހުރި ފާރެއް ކަމަށާއި އެ ފާރު ވެއްޓުނީ ވައި ގަދަވުމުގެ ސަބަބުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

"މި ހާދިސާގައި އަނިޔާވި ކުއްޖާއަށާއި މީހާއަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ވަގުތީގޮތުން ދިރިއުޅެވޭނެ ހާލަތަށް އެ ގެ ގެނައުމަށް، ގެ ސާފުކުރުމުގައާއި، ފުރާޅުގައި ޓިނު ޖެހުމުގައި ފުލުހުން ވަނީ ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް